ސޫރަތް:
1
އާޔަތް:
1
ޖުޒް:
1

اسم الكتاب: ترجمة القرآن الكريم - لمكتب رئيس جزر المالديف

Name of the Book: Translation of the Noble Quran by Office of the President of Maldives - Dhivehi

ފޮތުގެ ނަން: ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ | ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރަސްމީ ސައިޓުން ސޫރަތްތަކުގެ ޕީޑީއެފް

މި ތަރުޖަމާގެ މުގައްދިމާގެ ޕީޑީއެފް


"The text presented here is exclusively for research and educational purposes. It is intended for non-commercial fair use only."


تنبيه عن العقيدة - އަގީދާއާ ބެހޭ ނޯޓެއް

މި ތަރުޖަމާގައި ވަނީ އަޝްޢަރީ އަގީދާއެވެ. އަޝްޢަރީންނަކީ، އަހްލުއް ސުންނާއާ ޚިލާފު ގޮތްގޮތަށް އާޔަތްތައް ތައުވީލުކޮށް މާނަ ބަދަލުކުރާ، އަދި ﷲ ތަޢާލާގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ނަފީކުރާ ފިރުގާއެކެވެ. އެހެންވީމާ މި ކަންކަމަށް ސަމާލުވުންހުއްޓެވެ. އަދި ދަންނާށެވެ. އަޝްޢަރީ އަގީދާގެ ބާތިލުކަން ބަޔާންނުކޮށް އެ ފެތުރުން ހުއްދަވެގެނެއް ނުވެއެވެ. އަދި އެ ފަދައިން ކަންކުރުމަކީ ފާފަވެރިވާނެ ކަމެކެވެ.

قال حمد بن عتيق: واعلم أرشدك الله أن الذي جرينا عليه، أنه إذا وصل إلينا شيء من المصنفات في التفسير، وشرح الحديث، اختبرنا واعتبرنا معتقده في العلو والصفات والأفعال. - الدرر السنية في الأجوبة النجدية 13/28

ޙަމަދު ބިން ޢަތީގު ވިދާޅުވިއެވެ: އަދި ދަންނާށެވެ. - ﷲ ތިބާއަށް އިރުޝާދު ދެއްވާށީއެވެ. – އެ ގޮތެއްގެ މަތީގައި އަހަރުމެން ކަންތައް ކުރަމުން އައި ގޮތަކީ، ތަފްސީރު ނުވަތަ ޙަދީޘް ޝަރަހައިގެ ފޮތްތަކުގެ ތެރެއިން އެއްވެސް އެއްޗެއް އަހަރުމެންނާ ހަމައަށް ވާސިލުވެއްޖެ ނަމަ، (ﷲ) އުޑުގެ މަތީގައި ވުމާއި، (އެ އިލާހުގެ) ސިފަފުޅުތަކާއި، އަމަލުފުޅުތަކާމެދު އެ ފޮތެއްގައި އަގީދާ ހުރި ގޮތެއް އަހަރުމެން އިމްތިހާނުކޮށް ބަލައިހަދަމެވެ.


مُقَدِّمَة

بِسمِ ٱللَّهِ ٱلرَّحمَٰنِ ٱلرَّحِيمِ

اَلْحَمْدُ لِلَّهِ الَّذِي أَنْزَلَ الْقُرْآنَ هُدًى لِلنَّاسِ وَرَحْمَةً لِلْأَنَامِ، وَالصَّلَاةُ وَالسَّلَامُ عَلَى سَيِّدِنَا وَنَبِيِّنَا مُحَمَّدٍ خَاتِمُ الأَنْبِيَاءِ وَالرُّسُلِ الْكِرَامِ، وَعَلَى آلِهِ وَصَحْبِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ المقام.

އަރަހުށި ހުސްޠާހިރުވަންތަ އެއްކައުވަންތަ ﷲ އަށް ޙަމްދު ޘަނާ ދަންނަވަމެވެ. އަދި އެކަލާނގެ ފޮނުއްވި މާތް ރަސޫލާ މުހައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލު އަޞްޙާބުންނަށާއި، ހެޔޮގޮތުގައި އެކަލޭގެފާނަށް ތަބާވި އެންމެހައި މީސްތަކުންނަށް ޞަލާވާތާއި ސަލާމް ލެއްވުންއެދި ދުއާކުރަމެވެ.

ކީރިތި ޤުރުއާނައަކީ މުހައްމަދުއް ﷺ މާތް ނަބިއްޔާގެ މައްޗައް މާތް ﷲ ބާއްވައިލެއްވި އެކަލާނގެ ހައްޤު ކަލާމްފުޅެވެ. މުޅި އިންސާނިއްޔަތަށް ތެދުމަގު ދެއްކެވުމަށްޓަކައި، އެކަލާނގެ ބާވައިލެއްވި މަތިވެރި ހިދާޔަތެވެ. ހައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއްގެ ގޮތުގައި ހަދިޔާކުރެއްވި މުޤައްދަސް ފޮތެކެވެ. މުއުމިނުންނަށް މާތް ﷲ ދެއްވާފައިވާ އެންމެ ބޮޑު ނިޢުމަތެވެ. އެ ފޮތުގައިވަނީ، މުއުމިނުން ހިތުގެ އަޑިން ޤަބޫލު ކުރަންޖެހޭ ޢަޤީދާތަކެވެ. ބޯލަނބަންޖެހޭ އުޞޫލުތަކާއި ޙުކުމްތަކެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމަށް ވާސިލްކޮށްދޭ ސާފުސީދާ ތެދުމަގެވެ. ޢިބްރަތުން ފުރިގެންވާ ފިލާވަޅުތަކެވެ. "لَّا يَأْتِيهِ الْبَاطِلُ مِن بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِ ۖ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ" (فُصِّلَت ٤٢) މާނައީ: އެ ފޮތުގެ ކުރިމައްޗަކުންވެސް، އަދި އޭގެފަހަތަކުންވެސް އެ ފޮތަކަށް ބާޠިލުކަމެއް ނާއްނާނެތެވެ. (އެއީ) ޙަމްދު ލިބިވޮޑިގެންވާ، ޙަކީމްވަންތަ ރަސްކަލާނގެ ޙަޟްރަތުން ބާއްވައިލެއްވި ފޮތެކެވެ."

ދިވެހިރާއްޖެއަކީ، މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ސައްތައިންސައްތަ މުސްލިމު ގައުމަކަށްވާތީ، ކީރިތި ގުރުއާނުގެ އިތުބާރުހުރި ތަރުޖަމާއެއް ދިވެހިބަހުން ތައްޔާރުކޮށް، ޝާއިޢުކޮށް، އެންމެހައި ދިވެހިންނަށް އެ ތަރުޖަމާ ލިބޭނެގޮތް ހަދައިދިނުމަކީ، ސަރުކާރުން ކޮށްދޭންޖެހޭނެ ކަމެކެވެ.

އަޅުގަނޑު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ހަވާލުވިއިރު، ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާއަކަށްއޮތީ، ކުރީގެ ރައީސް އަލްފާޟިލް އިބްރާހިމް ނާޟިރުގެ ދައުރުގައި ކުރައްވާފައިވާ ތަރުޖަމާއެކެވެ. އެއީ، އެމަނިކުފާނު ކުރެއްވި އަގުހުރި މަސައްކަތްފުޅެއްކަމުގައި އަޅުގަނޑު ހެޔޮހިތުން ޤަބޫލުކުރަމެވެ. އެކަމަކު، އެއީ ކީރިތި ޤުރުއާނުގެ އެކިބައިތައް، ފަސްބޭފުޅަކު ވަކިވަކިން ކުރައްވާފައިވާ ތަރުޖަމާއެކެވެ. އެހެންކަމުން، އިބާރާތްކުރުމުގެ ގޮތުންނާއި ދޭހަކޮށްދޭ މާނައިގެގޮތުން، އެކިއެކިބައިބައިގެ މެދުގައި ތަފާތުތަކެއް ހުށްޓެވެ. މީގެއިތުރުން، ދިވެހިރާއްޖޭގައި އުފެދުނު ބައެއް އިލްމުވެރިންވެސް، އެކި ދުވަސްވަރު އެކިވަރުވަރަށް ކީރިތި ޤުރުއާނުގެ ބައެއް ބައިތައް ދިވެހިބަހަށް ތަރުޖަމާ ކުރައްވާފައިވެއެވެ. އަދި އެފަދަ އެކިއެކި ޢިލްމުވެރިން، އެބޭބޭފުޅުންގެ ލިއުއްވުން ތަކުގައްޔާއި، ވިދާޅުވާ ވައުޠުތަކުގައްޔާއި، ކުރައްވާ ތަޤްރީރުތަކުގައި އާޔަތްތަކުގެ ދިވެހި ތަރުޖަމާ ދެއްވާފައިވޭމެއެވެ. އެ މަސައްކަތްޕުޅުތަކަކީ، ވަރަށް އަގުހުރި މަސައްކަތްޕުޅުތަކެއްކަން ކަށަވަރެވެ. އެކަމަކު، އެބޭފުޅުންވެސް، މުޅި ކީރިތި ޤުރުއާންގެ ފުރިހަމަތަރުޖަމާއެއް ދިވެހި ޤައުމަށް ހަދިޔާކުރައްވާފައެއް ނެތެވެ.

މި ސަބަބުތަކަށްޓަކައި، ދިވެހީންގެއަތްމަތީގައި ކީރިތި ޤުރުއާނުގެ އިތުބާރުހުރި ޞައްޙަ ދިވެހި ތަރުޖަމާއެއް އޮތުމުގެ ބޭނުންތެރިކަމުގެ ބޮޑުކަން އަޅުގަނޑަށް އިޙްސާސްކުރެވިގެން، މި މުހިންމު މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކޮމިޓީއެއް އުފެއްދީ، 1979 އޭޕްރީލް 25 ގައެވެ. މި ކޮމެޓީގެ ފުރަތަމަ ޖަލްސާ ބޭއްވުނީ، 1979 މެއި 1 ވަނަ ދުވަހުއެވެ. މިޖަލްސާގެ ރިޔާސަތު ބެލެހެއްޓީ، އަޅުގަނޑެވެ. އެ ޖަލްސާގައި ބަޙުޘްކުރެވުނީ، ކީރިތި ޤުރުއާނުގެ މާނަ ތަރުޖަމާ ކުރުމުގައި ބަލަންވީ މައިގަނޑު އުޞޫލުތަކެއް ކަނޑައެޅުމާ މެދުއެވެ. މިގޮތުން އަޅުގަނޑުމެންނަށް އެއްބަސްވެވުނީ، ބޭރު ބަސްބަހަށް ޤުރުއާނުގެ މާނަ ތަރުޖަމާ ކޮށްފައިވާ އުޞޫލްތަކުގައި ހިފެހެއްޓުމަށެވެ. މި އުޞޫލުތަކުގެ މަތިން، ކީރިތި ޤުރުއާން ދިވެހި ބަހަށް ތަރުޖަމާ ކުރެއްވުމުގައި ކޮމިޓީގެ މެންބަރުން، އަޞްލަކަށް ބެއްލެވީ ޢަރަބި ބަހުން ހުރި ޤުރުއާނުގެ ތަފްސީރުތަކެވެ. އެހެންނަމަވެސް، މި މަސައްކަތުގައި، ކީރިތި ޤުރުއާންގެ އިނގިރޭސިބަހާއި އުރްދޫބަހުގެ ތަރުޖަމާތަކުންވެސް، ކޮމިޓީއިން އެހީ ހޯއްދެވިއެވެ.

ކީރިތި ޤުރުއާން ދިވެހިބަހަށް ތަރުޖަމާ ކުރެއްވުން ވެގެންދިޔައީ، އެ ކޮމިޓީއަށް ވަރަށްދަތި، ވަރަށް ބުރަ މަސައްކަތްޕުޅަކަށެވެ. އެންމެބޮޑު ސަބަބަކީ، ކީރިތި ޤުރުއާން ބާވައިލައްވާފައިވަނީ ޢަރަބި ބަހުންކަމަށްވެފައި ޢަރަބި ބަހުގެ ބަލާޣަތްތެރިކަމާއި ފުރިހަމަކަން، އޭގެ އެންމެމަތީ ދަރަޖައިގައި ޤުރުއާނުގައި އެކުލެވިގެންވާކަމަށްޓަކައި، ދިވެހިބަސްފަދަ ބަހަކަށް، ކީރިތި ޤުރުއާން ތަރުޖަމާ ކުރާހިނދު، އެ މާތް ކަލާމްފުޅުގައިވާ ރީތިކަމާއި، ފުރިހަމަކަމާއި، ބަލާޣަތްތެރިކަމާއި، މަޖާޒީ މާނަތައް، ދިވެހިބަހުން ގެނައުމަށް ވަރަށް ބޮޑަށް ދަތިވުމެވެ. އަނެއް ސަބަބަކީ، ކުރިންވެސް އިޝާރާތް ކުރިފަދައިން، މި ފަންނުގައި ދިވެހި ޢިލްމުވެރިން ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ މަދުކަމެވެ.

ރަސޫލު ﷲ ﷺ ވަނީ، ޢަރަބީންނަށް ކީރިތި ޤުރުއާން ވަރަށް ފުރިހަމައަށް ތަބްލީޣު ކޮށްދެއްވައި ބަޔާންކޮށްދެއްވާފައެވެ. ދެން އޮތީ، ޢަރަބި ބަސް ނުދަންނަ މީހުންނަށް ޤުރުއާން ތަބްލީޣު ކޮށް އުނގަންނައިދިނުމެވެ. އެކަން އެދެވޭގޮތެއްގައި ކުރެވޭނީ، ކީރިތި ޤުރުއާނުގެ މާނަ، އެބަޔަކު ވާހަކަދައްކައި އުޅޭ ބަހަކަށް ތަރުޖަމާ ކޮށްގެންނެވެ. މިގޮތުން، މީގެ އެތައްސައްތަ އަހަރެއް ކުރިއްސުރެ ފެށިގެން، ކީރިތި ޤުރުއާނުގެ ތަރުޖަމާތައް، ދުނިޔޭގައި މީހުން ވާހަކަދައްކައި އުޅޭ ތަފާތު ބަސްބަހުން ޝާއިޢު ކުރެވިފައި ވެއެވެ. އަދި މިހާރުވެސް، އެކި ބަސްބަހުން ޤުރުއާނުގެ އިތުރު ތަރުޖަމާތައް ޝާއިޢު ކުރެވެމުންދެއެވެ.

އެހެންކަމުން، ކޮމެޓީގެ މެންބަރުން، މާތް ﷲ އަށް ވަކީލު ކުރައްވައި، އެކަލާނގެ ހަޟްރަތުން މަދަދާއި ތައުފީޤަށް އެދިވަޑައިގެން ތިއްބަވައިގެން، ކީރިތި ޤުރުއާން ދިވެހި ބަހަށް ތަރުޖަމާ ކުރެއްވުމުގެ މުހިންމު މަސްއޫލިއްޔަތު އަދާކުރެއްވީ، ޚުޝޫޢުވެރިކަމާއި އަމާނާތްތެރިކަމާއި އިޚްލާސްތެރިކަމާ އެކުގައެވެ.

މި މިމުހިއްމު އަދި ބުރަ މަސައްކަތް އަޅުގަނޑު ޙަވާލުކުރި ކޮމެޓީއަށް، އެކި ދުވަސްވަރު އެކި ބަދަލު އައިސްފައި ވެއެވެ. މިބަދަލުތަކާއެކު، ކޮމެޓީގައި ހިމެނިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަކީ:

1. ފަޟީލަތުލް އުސްތާޛު އައްޝައިޚު އަލްމަރުޙޫމް މުޙައްމަދު ޖަމީލު (މ.ކުއްޅަވައްގެ)

2. ފަޟީލަތުލް އުސްތާޛު އައްޝައިޚު އަލްމަރުޙޫމް މޫސާ ފަތުޙީ ޤާސިމް (މ.ޖީޒާ)

3. ފަޟީލަތުލް އުސްތާޛު އައްޝައިޚު މުޙައްމަދު ރަޝީދު އިބްރާޙިމް ( ގ.ގަސްކަރަ)

4. ފަޟީލަތުލް އުސްތާޛު އައްދުކްތޫރު މުޙައްމަދު ޒާހިރު ޙުސައިން (ހ.ނީލްވިލާ)

5. ފަޟީލަތުއް ޝައިޚު އަލްމަރުހޫމް އަޙްމަދު ޝާޠިރު މޫސާ (ހ.އެއްގަމުގެ)

6. ފަޟީލަތުލް އުސްތާޛު އައްޝައިޚު އާދަމް ނަސީމް (ހ.ޕޫނަމް)

7. ފަޟީލަތުލް އުސްތާޛު އައްޝައިޚު ޙުސައިން ޢަބްދުއްރަޙްމާން (މ.ދިމްޔާޠު)

8. ފަޟީލަތުލް އުސްތާޛު އައްޝައިޚު އަޙްމަދު ފާރޫޤު މުޙައްމަދު (ހ.ހިތްފަހި)

9. ފަޟީލަތުލް އުސްތާޛު އައްޝައިޚު އިބްރާހީމް ޒަކަރިއްޔާ މޫސާ (މ.ދާޝިން)

މިބޭބޭފުޅުންނެވެ.

1979 މެއި 1 ވަނަ ދުވަހު ކޮމިޓީއިން ފެއްޓެވި މަސައްކަތް ނިންމެވީ، 1987 ޑިސެމްބަރު 20 ވަނަ ދުވަހުއެވެ. އެއަށްފަހު، ސަރުކާރުން އެކި ފަރާތްތަކާ ވާހަކަދައްކައިގެން، ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، މޮޅު ފެންވަރެއްގައި ޗާޕުކުރާނެ ގޮތެއް ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން ގެންދިޔައެވެ. އެކަމަކު، އެކިދުވަސްވަރު ދިމާވި އެކިއެކި ސަބަބުތަކާއި ހުރަސްތަކާހެދި، މި ތަރުޖަމާ ދުނިޔޭގެ އަލިކަމަށް ގެންނަން ބޭނުންވިހާ އަވަހަށް ގެނެވޭނެގޮތެއް ހަމަނުޖެހި ދިޔައީއެވެ. މި މުއްދަތުގެ ތެރޭގައިވެސް، ކޮމިޓީގެ މެންބަރުން މެދުނުކެނޑި، އެ ތަރުޖަމާ މުރާޖަޢާ ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދެވިއެވެ.

މި ފުރުޞަތުގައި، މިބޭފުޅުންގެ ތެރެއިން ދެ ބޭފުޅެއްގެ ނަންފުޅު، ވަރަށް ޙާއްޞަ ގޮތެއްގައި ފާހަގަކުރަމެވެ. އެއްބޭފުޅަކީ، މި ކޮމެޓީގެ ރައީސްގެ މަގާމުގައި ހުންނެވި ފަޟީލަތުލް އުސްތާޛު އައްޝައިޚު އަލްމަރުޙޫމް މޫސާ ފަތުޙީ ޤާސިމެވެ. އެމަނިކުފާނު ކުރެއްވި ބުރަ އަދި އިޚްލާޞްތެރި މަސައްކަތްޕުޅަށްޓަކައި، އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އަދި ހަމަ މިފަދައިން، އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން މި ކޮމެޓީއާ ބެހޭ ހުރިހާ ކަމެއް ޢަމަލީ ގޮތުން ކުރައްވަމުން ގެންދެވީ ފަޟީލަތުލް އުސްތާޛު އައްޝައިޚު މުޙައްމަދު ރަޝީދު އިބްރާޙިމެވެ. ފަޟީލަތުލް އުސްތާޛު އައްޝައިޚު މުޙައްމަދު ރަޝީދު އިބްރާޙިމް މި ކޮމެޓީއާ ބެހޭ މަސައްކަތް މިއަދާ ހަމައަށްވެސް ކުރައްވާފައިވަނީ، މިކަމަށް ވަރަށް ޙާއްޞަ އަހައްމިއްޔަތެއް ދެއްވައިގެން ކަމަށްވާތީ، އެކަން ހަނދާންކުރަމުން، އެމަނިކުފާނަށް ވަރަށް ޙާއްޞަ ގޮތެއްގައި ޝުކުރު ދަންނަވަމެވެ.

ކީރިތި ޤުރުއާން ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ މަސައްކަތް ފެށުނީއްސުރެ، އެކަމަށް އެހީތެރިވެ ދެއްވުމުގެ ގޮތުން، ލީބިއާގެ ޖަމްޢިއްޔަތުއް ދަޢުވަތުލް އިސްލާމިއްޔަތުލް ޢާލަމިއްޔާގެ ފަރާތުން ވެދެއްވި ދީލަތި އެހީގެ އަގު ވަޒަންކޮށް، އެ ޖަމްޢިއްޔާގެ ބާނީ އަލްޢަޤީދު މުޢައްމަރު އަލްޤައްޛާފީ އަށާއި، އެ ޖަމްޢިއްޔާގެ މަސްއޫލު ވެރިންނަށާއި، ލީބިއާގެ ސަރުކާރަށް، ނުހަނު އިޙްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

ކީރިތި ޤުރުއާނުގެ މި ތަރުޖަމާގައިހުރި، އެއްކަހަލަ އާޔަތްތަކުގެ މާނަ އެއްގޮތް ކުރެއްވުމަށްޓަކައިވެސް، ޙާއްޞަ ކޮމިޓިއެއް ހޮވައި، އެކޮމެޓީއާއި އެ މަސައްކަތް އަޅުގަނޑު ހަވާލުކުރީމެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގެންނެވީ:

1. ފަޟީލަތުއް ޝައިޚު މުޙައްމަދު ޤުބާދު އަބޫބަކުރު (ފިޔާތޮށިގެ/ޅ.ނައިފަރު )

2. ފަޟީލަތުލް އުސްތާޛު އާދަމް މުޙައްމަދު އަބްދުﷲ (ފަށުވިމާގެ/ލ.މާވަށް)

3. ފަޟީލަތުލް އުސްތާޛު ޙަސަން ސައީދް (ރީތިގަސްދޮސުގެ/ސ.ހިތަދޫ)

މިބޭބޭފުޅުންނެވެ.

އަދި އޭގެފަހުން، ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ޗާޕްކުރުމަށް ތައްޔާރުކުރުމުގެ ގޮތުން، ކޮންޕިއުޓަރުން ލޭއައުޓް ހެއްދެވުމަށް، އެފަދަ މަސައްކަތްތައް ދެނެވަޑައިގަންނަވާ ހުނަރުވެރި ބޭފުޅުންކޮޅަކާ އެ މަސައްކަތް ހަވާލު ކުރީމެވެ. އެބޭފުޅުންނަކީ:

1. ފަޟީލަތުލް އުސްތާޛު ޙަސަން ސަޢީދު (ރީތިގަސްދޮށުގެ/ސ.ހިތަދޫ)

2. އަލްފާޟިލް އަޙްމަދު ރަޝީދު އަބްދުލްޤާދިރު (މ.މަގުމަތީގެ)

3. ފަޟީލަތުލް އުސްތާޛު މޫސާ އަންވަރު ޙަސަން (ރިހިވިލާގެ/ޏ.ފުވައްމުލައް)

4. ފަޟީލަތުލްއުސްތާޛު އަބްދުﷲ ޙަމީދު (ނޫރާނީމާގެ/ނ.ހެނބަދޫ)

5. ފަޟީލަތުލް އުސްތާޛު ޙާމިދު އަބޫބަކުރު (ފިޔާތޮށިގެ/ޅ.ނައިފަރު)

މިބޭބޭފުޅުންނެވެ.

މި ބޭފުޅުން އެ މަސައްކަތްތައް ނިންމެވުމުން، ދިވެހި ބަހުގެ ރިވެތި ބަސްމަގުގެގޮތުން ތަރުޖަމާ ފުރިހަމަ ކުރުމަށްޓަކައި، ރާއްޖޭގައި މިހާރު ހުންނެވި ދިވެހި ބަހުގެ ވަރަށްމޮޅު އަދީބެއް ކަމުގައިވާ ހ.އާމުލީގޭ އަލްފާޟިލް އަބްދުﷲ ޞާދިޤާ އެ މަސައްކަތް ހަވާލުކުރީމެވެ. އޭނާ އެ މަސައްކަތް ވަރަށް ފަރުވާތެރިކަމާއެކު ކޮށްދެއްވިއެވެ. އެ ކަމަށްޓަކައި އަލްފާޟިލް އަބްދުﷲ ޞާދިޤަށް ވަރަށް އިޙްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

ދިވެހި ބަހުގެ ވަރަށް ފުންނާބު އުސް ބޭފުޅަކުކަމުގައިވާ މ. ސިލްވަރކްލައުޑް އަލްފާޟިލް ޢައްބާސް އިބްރާހީމް ވެސް މި ތަރުޖަމާ އެއްކޮޅުން އަނެއްކޮޅަށް ބައްލަވައިދެއްވިއެވެ. އަދި ވަކިވަކި ބަސްތަކާއި އާޔަތްތަކުގެމާނަ ދިވެހިބަހުން ދޭހަވާގޮތްތަކުގެ މައްޗަށް ވިސްނާވަޑައިގެން، އާޔަތްތަކުގެމާނަ ދިވެހިބަހުން ރަނގަޅަށް ދޭހަވާގޮތަށް ބައެއްބަދަލު ގެނެސްދެއްވިއެވެ. ވީމާ، މިގޮތުން އޭނާއެކޮށްދެއްވި ބުރަމަސައްކަތްތަކަށްޓަކައި އަލްފާޟިލް ޢައްބާސް އިބްރާހީމަށް ވަރަށް ޙާއްޞަ ޝުކުރެއް ދަންނަވަމެވެ.

ކީރިތި ޤުރުއާންގެ މި އާ ދިވެހި ތަރުޖަމާގެ ލޭއައުޓް ހަދައި ހަވާލު ކުރުމުން، ޗާޕްކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވައިދެއްވީ، މ.ވާރޭވިލާ އަލްފާޟިލް ޢަލީ ޙުސައިނެވެ. އޭނާ މި މަސައްކަތް ކޮށްދެއްވީ، ކަމަށް ކަމޭހިއްތަވައިގެން، ވަރަށް ފަރުވާތެރިކަމާއެކު ވަރަށްރަނގަޅަށް ކަމަށްވާތީ، އެ ބުރަ މަސައްކަތުގެ އަގު އަޅުގަނޑު ހިތުގެ އަޑިން ވަޒަން ކޮށް، އަލްފާޟިލް ޢަލީ ޙުސައިނަށް ނުހަނު އިޙްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

ކީރިތި ޤުރުއާން ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ މަސައްކަތް ކުރެވެމުން ދިޔައިރު، ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީގެ މަގާމުގެ ޙައިސިއްޔަތުން، އެ މަސައްކަތުގައި އެކިގޮތްގޮތުން އެހީތެރިވެވަޑައިގެންދެއްވި މ.ދޫރެސް އަލްފާޟިލް އަބްދުﷲ ޖަމީލަށާއި، މ.ސިލްވަރކްލައުޑް އަލްފާޟިލް ޢައްބާސް އިބްރާހިމަށާއި، މއ.އުރަހަ އަލްފާޟިލް އަލްފާޟިލް އަބްދުއްރަޝީދު ޙުސައިނަށާއި، މއ.ރިހިތަރި އަލްފާޟިލް މުޙައްމަދު ޙުސައިނަށް މިފުރުޞަތުގައި އުފަލާއެކު ޝުކުރު ދަންނަވަމެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީއެއްގެ ހައިސިއްޔަތުން އެ މަސައްކަތުގައި އެކިގޮތްގޮތުން އެހީތެރިވެވަޑައިގެން ދެއްވުމުގެ އިތުރުން، ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ޗާޕްކުރުމައްޓަކައި ލޭއައުޓް ތައްޔާރު ކުރައްވައި، ޗާޕްކުރުމުގެ މަސައްކަތްތައް އިންތިޒާމު ކުރެއްވުމަށް، ހ.ރަބީޢީމަންޒިލް އަލްފާޟިލް އަބްދުﷲ ޝާހިދު ކުރައްވާފައިވާ ބުރަ މަސައްކަތްޕުޅުގެ އަގު ވަޒަންކޮށް، ވަރަށް ޙާއްޞަ ގޮތެއްގައި އެމަނިކުފާނަށް ޝުކުރު ދަންނަވަމެވެ.

ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާ ޗާޕްކުރުމުގެ އެންމެފަހު މަރުޙަލާގައި، އެ މަސައްކަތް ނިމުމަކަށް ގެންނެވުމުގައި އެގްޒެކެޓިވް ސެކްރެޓަރީގެ ޙައިސިއްޔަތުން، މ.ލިންކްހައުސް އައްދުކްތޫރު އަޙްމަދު ޝަރީފު ކޮށްދެއްވި މަސައްކަތްޕުޅަށްޓަކައި، އެމަނިކުފާނަށްވެސް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

ކީރިތި ޤުރުއާން ދިވެހިބަހަށް ތަރުޖަމާކުރުމުގެ މަސައްކަތް ފެށުނީންސުރެ ޗާޕްކުރުމުގެ އެންމެފަހު މަރުޙަލާއާ ހަމައަށް ދާންދެން، އެ މަސައްކަތް ހިންގުމުގައި އެކިގޮތްގޮތުން އެހީތެރިވެދެއްވި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުޝީރުގެ މަގާމުގައި ހުންނެވި މ.މުރިނގު އަލްފާޟިލް އަލްމަރްޙޫމް މުޙައްމަދު ޞާދިޤު، ވަރަށް ދިގުމުއްދަތެއްގައި ކޮށްދެއްވި ބުރަ މަސައްކަތްޕުޅުގެ އަގު ވަޒަންކޮށް، އޭނާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

އަދި ކީރިތި ޤުރުއާން ދިވެހި ބަހަށް ތަރުޖަމާކުރުމުގެ މަސައްކަތުގައި ގިނަދުވަސްތަކެއް ވަންދެން އެހީތެރިވެދެއްވި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުން ކަމުގައިވާ ބ.އޭދަފުށީ ތަނޑިރަތްމާގޭ އަލްފާޟިލް އަބްދުﷲ ވަޙީދަށާއި، ގއ. މާމެންދޫ، އަލިފަރުދާގޭ އަލްފާޟިލް މުޙައްމަދު މުފީދަށާއި، ކީރިތި ޤުރުއާނުގެ ދިވެހިތަރުޖަމާ ކޮންޕިއުޓަރުން ލިޔުމުގައި، އެކިފަހަރުމަތިން މަސައްކަތްކޮށްދެއްވި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޓައިޕިންގ ޕޫލުގެ މުވައްޒަފުންނަށާއި، މި ދިވެހި ތަރުޖަމާގެ އެކިބައިބައި އެންމެ ފުރަތަމަ ޓައިޕްކޮށްދެއްވި، ހ.ސީގަލްގޭ އަލްފާޟިލާ މަރިޔަމް ރަޝީދާއަށާއި މއ.ސަލްވީނިޔާ އަލްފާޟިލާ ފާތުމަތު ރަޝީދާ އަށްވެސް ޝުކުރު ދަންނަވަމެވެ.

ހަމައެފަދައިން، ކޮމްޕިއުޓަރުން ދިވެހި ތަރުޖަމާ ލިޔަމުން ދިޔައިރު، ޢަރަބި ބައެއް ލަފްޒުތައް ލިޔުމުގައި ދިމާވި ދަތިތައް ޙައްލު ކޮށްދެއްވުމަށް، ގ.ގޯޅިތެރޭގޭ އަލްފާޟިލް އިސްމާޢީލް އަބްދުލްޤާދިރު ކޮށްދެއްވި މަސައްކަތަށާއި، މި ތަރުޖަމާގެ ލޭއައުޓް ހެދުމުގެ ކުރިން، މި ތަރުޖަމާ ލިޔެފައިމިވާ ފޮންޓު އިޞްލާޙު ކޮށްދެއްވައި، ލޭއައުޓް އެ ފޮންޓުން ލިޔެވޭގޮތް ހައްދަވައިދެއްވި، ގ.ގޯޅިތެރޭގޭ އަލްފާޟިލް މުޙައްމަދު އަބްދުލްޤާދިރަށްވެސް ޝުކުރުދަންނަވަމެވެ.

އަދި ކީރިތި ޤުރުއާން ދިވެހި ބަހަށް ތަރުޖަމާކުރާ ކޮމިޓީގެ ސެކްރެޓަރީންގެ ގޮތުގައި މަސައްކަތް ކުރެއްވި ބުރުނީ އަލްފާޟިލް އިބްރާޙިމް އިސްމާޢީލާއި، މ.އޯކިޑްވާދީ އަލްފާޟިލް އިބްރާހިމް ފައުޒީއަށްވެސް، އެދެބޭފުޅުން ކޮށްދެއްވި މަސައްކަތްތަކަށްޓަކައި، ޝުކުރު ދަންނަވަމެވެ.

އެތައް އަހަރަކަށް ދިގުދެމިގެންދިޔަ މި މާތް އަދި ބުރަ މަސައްކަތުގައި، އެކިދުވަސްވަރު އެކި ޙަޢިސިއްޔަތުން އަދި ތަފާތު ރޮނގުރޮނގުން ގިނަގުނަ އިޙްލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވި، އިސްވެދެންނެވި ހުރިހާ ބޭފުޅުންނަށް މާތް ﷲ ހެޔޮ ޖަޒާ ދެއްވާށިއެވެ! އަދި މިދެންނެވި ބޭބޭފުޅުންގެތެރެއިން މިދުނިޔެދޫކުރައްވާފައިވާ ބޭފުޅުންގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުންއެދި ދުޢާ ކުރަމެވެ.

އަޅުގަނޑުގެ މި މުޤައްދިމާ ނިންމާލުމުގެ ކުރިން ވަރަށް މުހިންމު ދެ ވާހަކައެއް ދަންނަވާލަން ބޭނުންވެއެވެ. އޭގެތެރެއިން އެއް ވާހަކައަކީ، މާތް ﷲ ގެ ހެޔޮ ރަޙުމަތްޕުޅުން، ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާއެއް އަޅުގަނޑުމެންގެ އަތްމަތީގައި އޮތެއްކަމަކު، އެ ތަރުޖަމާއިން އެކިއެކި ޝަރުޢީ ޙުކުމްތައް ދެނެގަތުމާއި، އެކިކަންކަމުގެ ޙުއްޖަތެއްގެ ގޮތުގައި އެކިއެކި އާޔަތްތައް ބޭނުންކުރައްވަންވާނީ، ހަމައެކަނި އެފަދަ ފެންވަރަކަށް ޝަރުޢީ ޢިލްމުތައް ޙާޞިލުކުރައްވައިގެން ތިއްބެވި ބޭފުޅުންކަން ހަނދުމަފުޅުކޮށް އަރުވާ ވާހަކައެވެ. އެހެނީ، ޤުރުއާނުގެ އާޔަތްތަކުގެ ހަޤީޤީ މާނައާއި، މަޖާޒީ މާނައާއި، އޭގައިވާ ޢާންމު ޙުކުމްތަކާއި، ޚާއްޞަ ޙުކުމްތަކާއި، މުޠުލަޤު ޙުކުމްތަކާއި، މުޤައްޔަދު ޙުކުމްތަކާއި، ނާޞިޚު އާއި މަންސޫޚް ފަދަ، ކަންކަން ރަނގަޅަށް އެނގުމަކާނުލައި، ކީރިތި ޤުރުއާނުގެ އެކި އާޔަތްތަކުގެ ފުރިހަމަ މާނައާއި، ދޭހަކޮށްދޭ ޙުކުމާއި، މަޤްޞަދު އެއްގޮތަކަށްވެސް އޮޅުންނުފިލާނެތީއެވެ.

އަނެއް ވާހަކައަކީ، ކިތަންމެ ހެޔޮނިޔަތެއްގައި، ކިތަންމެ އިޚްލާޞްތެރިކަމާއި ކިތަންމެ ފަރުވާތެރިކަމާއެކު މަސައްކަތްކުރި ނަމަވެސް، އިންސާނުން ކުރާ ކޮންމެ މަސައްކަތެއްގައިވެސް އުނި ކަންތައްތަކެއް ހުންނާނެ ވާހަކައެވެ. އެގޮތުން، މި ތަރުޖަމާގައިވެސް އުނިކަންތައްތަކެއް ހުންނާނެކަން ކަށަވަރެވެ. އެފަދަ ކަންތައްތައް ފެނުނުވަރަކުން، އެކަންތައްތައް އިޞްލާޙު ކުރުމަކީ، ކުރަންޖެހޭނެ ކަމެކެވެ. ފުރިހަމަކަމަކީ، ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް މިލްކުވެވޮޑިގެންވާ ސިފަފުޅެކެވެ.

ކީރިތި ޤުރުއާނުގެ އިތުބާރުހުރި ދިވެހި ތަރުޖަމާއެއް ތައްޔާރުކުރުމުގެ ބުރަ މަސައްކަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވި އޯގާވެރި ޢިނާޔަތާއި މަދަދަށްޓަކައި، އެކަލާނގެ ހަޟްރަތަށް، އެންމެ ކުރިންވެސް އަދި އެންމެފަހުންވެސް ޙަމްދާއި ޝުކުރު ދަންނަވަމެވެ.

އަޅުގަނޑުގެ ދުޢާއަކީ، މި ތަރުޖަމާއިން، ދިވެހި އަޚުންނާއި އުޚްތުންނަށް، ކީރިތި ޤުރުއާން މުޅި އިންސާނިއްޔަތަށް ގެނެސްދިން ހިދާޔަތާއި ހެވާއި ލާބައާއި މަންފާ އެނގި، އެއަށް ޢަމަލުކުރުމުގެ ހެޔޮ ވިސްނުމާއި ތައުފީޤު މާތް ﷲ ދެއްވުމެވެ.

وَآخِرُ دَعْوَانَا أَنِ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ.

12 ޝައްވާލް 1428

1 ނޮވެންބަރު 2007

މައުމޫން ޢަބްދުލް ޤައްޔޫމް

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ


Technical notes regarding the database text

Translation json columns:

1. Fully thaana translation.

2. Original translation with arabic words.

Text was taken from kudanai/Quran-Translation

latest, dev branch, which is usually ahead of master

(The release versioning "0.123..." is only updated when an update is sent to tanzil, so dont look to that)

Updated my data from the repo on 18/4/24

This is the official repository for the digitized version of the Dhivehi Quran translation, by the President's office. Latest updates and fixes will always be available in this repo, which is the original source for the text of all other apps and sites that show a Dhivehi translation.

This project is maintained by Kudanai, and I and Hassaan are co-contributors. We've fixed a lot of mistakes in the digital text over the years. If readers happen to find errors in the digital text of the Dhivehi translation, and those errors are still present even on this page right here, then approach us and tell us directly, and it will get fixed in sha Allah.

If those errors are not present on this page, then it means that we have already fixed them in the official repository and nothing more needs to be done on our end. Rather, now the other sites and apps in which the error was found need to update their databases to the latest version in order to match our text.

The following platforms use this text (with various degrees of up-to-dateness):

Hadithmv (This current page. The latest versions of the original arabic word embedded translation, as well as the (utils/transliterator) generated alternate thikijehi thaanafied version, are both available here, taken straight from the source repository itself. Sometimes the text here may be even more up to date than the repo's main branch, as in the source repo, fixes can take time to be merged from the dev branch to the main branch.)

Al Quran (Easy to get them to update, as the developers are responsive and quick to apply changes when needed. Last time we asked them to update from our main repo was on 11/12/22)

The following platforms have older versions of the text which still contain many uncorrected errors:

Quran.com (They pulled their text from Tanzil, so it is old and has a lot of unfixed errors. We have been talking with the developers since 23/5/23 til now, in order to update the text. However, responses and progress have been very slow. They happen to have a single person to maintain the translation databases, who is usually busy as well as on and off.)

Tanzil (All other apps and sites that use the Dhivehi translation almost always pull their text from Tanzil, which in turn pulls their text from ours. The last time they updated their text was on 4/5/22, which we sent them on 22/4/21. Furthermore, their responses have been very very slow as of late, and they still haven't gotten around to applying the latest patches.)

Quran.mv (They initially got their text from Tanzil, and have since been correcting mistakes as they find them, in just their app. We reached out to the developer on 12/12/23 and talked about updating to the latest version and merging the corrections. They said they would do so in their new release.)

Quranthafseeru.com (This is actually a tafsir that also includes the official president's office translation along with it. For that, they used a word document they themselves prepared and corrected some typos they had found. We reached out to the developer on 25/11/23 and talked about updating to the latest version and merging the corrections. But that has still not been done yet.)

The following Dhivehi apps also most probably use an older version of the text hosted by Tanzil:

• Dhivehi Quran Mv (7/1/24, 11.0, Beetle Bite - com.Asim.dhivehiquran)

• Dhivehi Quran (20/9/23, 1.0.0, dhivehi.mv - mv.dhivehi.quran)